Ads by PNC

ޚަބަރު

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް މޯލްޑިވްސް ޕޯސްޓާއެކު ދިވެހިންނަށް ހުޅުވާލައިފި

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް މޯލްޑިވްސް ޕޯސްޓާއެކު ދިވެހިންނަށް ހުޅުވާލައިފި

ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ އީކޮމާސް މާކެޓް ތަކުން މިހާރު އެއްޗެހި ގެނެވޭނެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 12:23

30 މާރިޗު 2026، 12:23

މޯލްޑިވްސް ޕޯސްޓާއި ގްލޯބަލް ދުކާން ގުޅިގެން އިންޑިއާގެ މަޝްހޫރު އީކޮމާސް މާކެޓްޕްލޭސްތަކުން ދިވެހިންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދީފިއެވެ.

މި ޚިދުމަތުގެ ދަށުން ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ އޮންލައިން ޕްލެޓްފޯމްތަކުން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މިހާރު ޑެލިވަރީ ކޮށްދޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް އިންޑިއާގެ އެންމެ މަޝްހޫރު އީކޮމާސް ސައިޓްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ އަދި ނައިކާ ފެޝަން ފަދަ ގިނަ ފިހާރަތަކުން ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ އިންޑިއާގެ އެޑްރެސްއެއް ބޭނުންނުކޮށް، ސީދާ ރާއްޖޭގައި ތިބެގެން މި ޕްލެޓްފޯމްތަކުން މުދަލަށް އޯޑަރު ކުރެވުމެވެ.

ވިޔަފާރިކުރާނެ ގޮތް

ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރުމަށްޓަކައި އެޕް ސްޓޯރު ނުވަތަ ޕްލޭސްޓޯރުން "Global Ducan" އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް މި ޚިދުމަތް ހޯދޭނެއެވެ. އެޕްލިކޭޝަނަށް ލޮގިންވުމަށްފަހު، ހޯމް ސްކްރީނުން ފެންނަން ހުންނަ އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން ބޭނުންވާ ފިހާރައެއް އިޚްތިޔާރު ކުރެވޭނެއެވެ.

މުދާ ގަތުމުގެ މަރުހަލާގައި، ބޭނުންވާ އައިޓަމެއް ހިޔާރުކުރުމަށްފަހު "Shop via Global Ducan" އަށް ފިއްތާލުމުން އެ އެއްޗެއް ކާޓަށް އިތުރުވާނެއެވެ. މިގޮތަށް ވިޔަފާރިކުރާއިރު ވަކިވަކި އީކޮމާސް ޕްލެޓްފޯމްތަކުގައި ސައިންއިންވާކަށް ނުޖެހޭނެއެވެ. ކާޓަށް ލެވޭ ތަކެތީގެ އަގު ކޮންފާމްވުމުން، ފައިނަލް އަގު ފެންނަން ހުންނާނެއެވެ. އަދި ތަފާތު އެކި ވެބްސައިޓްތަކުން އައިޓަމްތައް ކާޓަށް އެއްކުރުމަށްފަހު އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލް ސެންޓަރު ނަންބަރު 3315555 އަށް ގުޅުއްވުމުން ނުވަތަ ޕޯސްޓްގެ ވެބްސައިޓްގައިވާ 'ޓޯކް' މެދުވެރިކޮށް މެސެޖުކުރުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450