Ads by PNC

ޚަބަރު

ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ

ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

31 މާރިޗު 2026، 04:25

ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ހިތާދޫ ބިން ހިއްކުމުގެ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިއްކާ ސަރަޙައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ. 

މިއީ 137 މިލިއަން ރުފިޔާއަށް 450 ދުވަހު ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިން ހިއްކުމާއި، 691 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ހިއްކާ ސަރަޙައްދު ވަށައިގެން 25 މީޓަރުގެ ހަ ގްރޮއިން ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. 

މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ތެރޭގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި އިޢުލާނުކުރެއްވި މަޝްރޫޢަކަށްވީއިރު، މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި މަޝްރޫޢު ނިމުމުން ހިތާދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް އެކަށޭނެ ޙައްލެއް ލިބި، އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450