Ads by PNC

ޚަބަރު

އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ދައްކައި ޚަލާސްކޮށްފިން: މާލީ ވަޒީރު

އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ދައްކައި ޚަލާސްކޮށްފިން: މާލީ ވަޒީރު

މާލީ ވަޒީރު/ފޮޓޯ: ވުޒާރާ

31 މާރިޗު 2026، 05:35

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ދައްކައި ޚަލާސްކޮށްފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން. ދޫކޮށްފައި އެކަމަކު އޮޑިޓާ ޖެނެރަލްގެ ލަފައާއި، އިންޓާނަލް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި.

ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކޮށް ނިންމުން ކަމަށެވެ. އެގޮތުން، އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދޫކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވަނީ މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ވިޔަފާރިވެރިންނަށް ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450