Ads by PNC

ޚަބަރު

117 ޒުވާނުންނާއެކު ބޭއްވި ލީޑަރޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

117 ޒުވާނުންނާއެކު ބޭއްވި ލީޑަރޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުންގެ ލީޑަރ ޝިޕް ވޯކްޝޮޕްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މާރިޗު 2026، 08:20

31 މާރިޗު 2026، 08:20

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ބޭއްވި "ޔޯ ވޮއިސް، ޔޯ ވޯޓް، ޔޯ ފިއުޗަރ" ލީޑަރޝިޕް ވޯކްޝޮޕް 117 ޒުވާނުންނާއެކު މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ވޯކްޝޮޕަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި މައިގަނޑު ތިން ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ޒުވާނުންގެ ލީޑަރޝިޕް، ރެފަރެންޑަމްއަށް ހޭލުންތެރިކުރުވުން އަދި ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރެވެ.

ޒުވާނުންގެ ލީޑަރޝިޕް ސެޝަންގައި، ޒުވާން ލީޑަރަކަށް ވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަމިއްލަ ނަފްސުގެ އިތުބާރު ދަމަހައްޓައިގެން ކުރިއަށްދާނެ ގޮތްތަކުގެ މައުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން، ކޮންމެ ޒުވާނެއްގެ އަޑަކީވެސް މުހިންމު އަޑެއްކަން މި ސެޝަންގައި ފާހަގަކޮށްފައިވެއެވެ.

ރެފަރެންޑަމްއަށް ހޭލުންތެރިކުރުވުމުގެ ސެޝަންގައި، ރެފަރެންޑަމްއަކީ ކޮބައިކަމާއި، އޭގައި ބައިވެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. ޚާއްޞަކޮށް އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯޓުގެ މުހިންމުކަމާއި، އެ ވޯޓުގައި "އާނ" ބަސް ބުނުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލާފައިވެއެވެ.

ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރާ ގުޅޭގޮތުން ކުރިއަށްދިޔަ ސެޝަންގައި، ކުރިއާ އަޅާބަލާއިރު މިހާރު ޒުވާނުންނަށް ސިޔާސީ ދާއިރާގައި ފުރުސަތުތައް އިތުރުވެފައިވާކަން ފާހަގަކުރިއެވެ. އަދި މި ސަރުކާރުން ޒުވާނުންނަށާއި ޒުވާނުންގެ މުސްތަގުބަލަށް ދޭ އަހައްމިއްޔަތުކަމާއި، ފާއިތުވި އަހަރުތަކުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ބައިވެރިންނާ މައުލޫމާތު ހިއްސާކުރިއެވެ.

މި ވޯކްޝޮޕަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޕްރޮގްރާމްގެ މަގްސަދު ހާސިލްވެ، ބޭނުންވި މެސެޖުތައް ހުރިހާ ބައިވެރިންނަށް ފޯރުކޮށްދެވުނުކަމަށް އިންތިޒާމުކުރި ފަރާތުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450