ޚަބަރު
އިލެކްޝަންސް ކޮމިޝަނާމެދު ދެއްކުނު ދޮގު ވާހަކަތަކަށް ޙުސްނުއްސުޢޫދު މަޢާފަށް އެދެފި
ޙުސްނުއްސުޢޫދު--
އިލެކްޝަންސް ކޮމިޝަނާމެދު ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު، އެކަން އެގޮތަށް ކުރެވުނީތީ ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މަޢާފަށް އެދިވަޑައިގެންފިއެވެ.
ސުޢޫދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލުކުރަން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުންދާކަމަށް ބުނެފައެވެ.
އެގޮތުން، އީސީން ހަމަޖައްސަން ގަސްތުކުރަނީ ވޯޓްލާން އަންނަ މީހާ ކުރެން ވޯޓްލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށް ފަހު ތިން އިންތިޚާބުގެ ތިން ވޯޓް ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓްލާން ބޭނުންވާ ކަމެއް އެމީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމަ އެހެންމެ، އެއް ފަހަރާ ވޯޓް ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެމީހާ އަތަށް ދޭން އިލެކްޝަންސް ކޮމިޝަނުން ބޭނުންނުވާކަމަށް ޙުސްނުއްސުޢޫދު ބުނެފައިވެއެވެ.
According to @ElectionsMv the information in the below post is incorrect and @ElectionsMv ensures that every person who comes for voting will be issued 3 ballot papers without asking any questions.
— Husnu Al Suood (@husnusuood) March 31, 2026
Thank you Zahid for the clarification! https://t.co/foRNIlTQ2V
ނަމަވެސް، އޭގެ ފަހުން ޙުސްނުއްސުޢޫދު ކުރި ޕޯސްޓެއްގައި އޭނާ ވަނީ، އިލެކްޝަންސް ކޮމިޝަނާ ގުޅުވައިގެން އޭނާ ދެއްކި ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އަމިއްލައަށް އިޢުތިރާފްވެ އެއްބަސްވެފަ އެވެ. ހަމަ އެހެންމެ، ސުޢޫދު ވަނީ އޭނާ ފެތުރީ ދޮގެއްކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް މިހާރު ސާފުކޮށްދީފައިވާ ކަމަށް ބުނެ އެކަމަށް ޝުކުރު އަދާކޮށް، އޭނާ ފެތުރި ދޮގަށް މަޢާފަށް އެދިފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ސިޔާސީ މަންފާތައް ޙާޞިލްކުރުމަށް އެކި ފަރާތްތަކުން ދޮގު މަޢުލޫމާތު ފަތުރަމުން އަންނައިރު، އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ.