Ads by Farudhun

ޚަބަރު

އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ފުލުހުންގެ ޚާއްޞަ ޖަލްސާއެއްގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޭޕްރީލު 2026، 12:20

01 އޭޕްރީލު 2026، 12:20

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން މުހައްމަދު ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ މި އަހަރުގެ މާރިޗު 1 ވަނަ ދުވަހަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަޤާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި އެލަވަންސަކީ، ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް.

ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލު ގެނެސްފައިވަނީ ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް އެކަނިކަން ވެސް އޭސީޕީ ޝިފާން ވަނީ ފާހަގަކުރައްވާފައެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ފުލުހުންގެ މުސާރަ %35 ބޮޑުކުރީ 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450