Ads by Farudhun

ޚަބަރު

އިންތިޚާބުގެ ކަންކަން ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެފަދަ ހަރުދަނާ އުޞޫލުތަކެއްގެ މަތިން: އީސީ

އިންތިޚާބުގެ ކަންކަން ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެފަދަ ހަރުދަނާ އުޞޫލުތަކެއްގެ މަތިން: އީސީ

ވޯޓުލުން/ފޮޓޯ: ސަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޭޕްރީލު 2026، 02:01

01 އޭޕްރީލު 2026، 02:01

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ކަންކަން ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެފަދަ ހަރުދަނާ އުޞޫލުތަކެއްގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ވިދާޅުވެފައި ވަނީ، އެ ކޮމިޝަނުން އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެ ކޮމިޝަނުން ވިދާޅުވީ، ކޮމިޝަންގެ މަސައްކަތާމެދު ޢާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަޤީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. ހަމަ އެހެންމެ، ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ އެކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ވޯޓުލުމުގެ އެންމެހައި މަރުޙަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. ހަމަ އެއާއެކު، ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމުގެ ޔަޤީންކަން ދެއްވަމުން އިލެކްޝަންސް އިން އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށްވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްލުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450