ޚަބަރު
ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ
ފަތުރުވެރިޔާ މަރުވުން--
ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި، މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މި ޙާދިސާގައި މަރުވެފައި ވަނީ، އދ. ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅުނު ފަތުރުވެރިއެއްކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އދ. ފެންފުށީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 10:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ގޮތް ތަޙުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޙާދިސާގައި މަރުވެފައިވަނީ ޖަރުމަނު ވިލާތުގެ ފިރިހެން ފަތުރުވެރިއެކެވެ.

މި ޙާދިސާ ފުލުހުން އިތުރަށް ތަޙުޤީގުކުރަމުން އަންނައިރު، އެމީހާ މަރުވީ އެ ސަރަޙައްދުން ދިޔަ ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހިގެންނެވެ.