Ads by Farudhun

ޚަބަރު

ރަސްމާލެއިން ގޯއްޗަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

ރަސްމާލެއިން ގޯއްޗަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޭޕްރީލު 2026، 04:09

01 އޭޕްރީލު 2026، 04:09

ބިންވެރިޔާ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

 މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގޯތި ދޫކުރުމުގެ އުސޫލާއި ޝަރުތުތައް:
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ގޯއްޗަށް އެދި ހުށަހެޅޭނީ މިއަހަރުގެ މާރިޗު މަހު ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ކަމަށެވެ. މި ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިތަކެވެ.

މި އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކެވެ.

ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކައިވެނީގެ ސެޓްފިކެޓް، އަމިއްލަ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮތްނަމަ އެތަނެއްގެ ރަޖިސްޓްރީ، އަދި މާލޭގައި ރަށްވެހިވެފައިވާކަން އަންގައިދޭ ލިޔުންތައް ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ފުރަތަމަ ރަށްވެހިވި އެޑްރެހާއި ތާރީޚު އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ވެސް ހުށަހަޅަންޖެހެއެވެ.

ރަސްމާލެ މަޝްރޫޢުގެ ކުރިއެރުން:
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކާ ނިމިފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 18 ޑިސެންބަރު 2023 ގައެވެ. އަދި މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމްއޭސީއެލްއާ ވެސް ވަނީ މަސައްކަތުގެ ބައެއް ހަވާލުކޮށްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450