Ads by PNC

ޚަބަރު

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޭޕްރީލު 2026، 05:09

01 އޭޕްރީލު 2026، 05:09

މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން، މަޑުނުކޮށް ދިޔަ މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިޢުލާންކޮށްފި އެވެ. 

މި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ވީޑިއޯ ފުލުހުން ޢާންމުކޮށްފައިވާއިރު، މި ވީޑިއޯގައި އެކްސިޑެންޓު ހިނގައިދިޔަ މަންޒަރާއި، ފަހުން އޭނާ މަގުމަތީގައި ސައިކަލް ދުއްވި މަންޒަރުތައް ވެސް ދައްކުވައިދެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރެއްވުމަށޤ ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450