Ads by PNC

ޚަބަރު

ގަލޮޅޮ ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލައަށް މަރުވުމުގެ ޙާދިސާއެއް: ފުލުހުން

ގަލޮޅޮ ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލައަށް މަރުވުމުގެ ޙާދިސާއެއް: ފުލުހުން

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޭޕްރީލު 2026، 05:09

01 އޭޕްރީލު 2026، 05:09

ގަލޮޅޮ ކަންމަތީގައި ހުންނަ ގޭގައި މިއަދު ހިނގާފައިވަނީ އަމިއްލައަށް މަރުވުމުގެ ޙާދިސާއެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިފަދައިން ވިދާޅުވީ، ގަލޮޅު ކަންމަތީގައި ހުންނަ 'ވެސްޓްލައިޓް' ގޭގައި ބަޔަކުވެގެން މީހަކު ދަންޖައްސައި މަރާލާފައިވާކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މައްސަލައަކީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށެވެ. އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް ރިޕޯޓުކުރުމުން އެފަދަ މައްސަލަތައް އިތުރުވާކަމަށް ދިރާސާތަކުން ދައްކަމުންދާތީ، އެފަދަ މައްސަލަތައް ރިޕޯޓުކުރުން މަދުކުރުމުގެގޮތުން، ތުހުމަތުކުރެވޭ ކަމެއް ފާހަގަނުކުރެވޭ، އަމިއްލައަށް މަރުވުން ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަނުކުރާނެކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ޙަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450