Ads by Farudhun

ޚަބަރު

އަސާސީ ކާބޯތަކެއްޗާއި މުދާ ރާއްޖެއަށް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ދީފި

އަސާސީ ކާބޯތަކެއްޗާއި މުދާ ރާއްޖެއަށް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ދީފި

ރައީސް، އިންޑިއާގެ ބޮޑުވަޒީރާއެކު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 06:25

02 އޭޕްރީލު 2026، 06:25

އަސާސީ ކާބޯތަކެއްޗާއި މުދާ ދިވެހިރާއްޖެއަށް އެއްވެސް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ، އަސާސީ ބައެއް ކާބޯތަކެއްޗާއި ހިލައާއި ހިލަވެލި ރާއްޖެއަށް ޢާންމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު އެކްސްޕޯޓް ކުރާނެ ކަމަށެވެ.

އެގޮތުުން، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަަށް ބޭނުންވާ ތަކެތި ޢާންމުކޮށް ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާއިރު، ރާއްޖެއިން އެދިފައިވާ މިންވަރަށް މި ހުރިހާ ބާވަތެއް ވެސް އެއްވެސް މެދުކެނޑުމެއް ނެތި އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ހައި ކޮމިޝަނުން ދެއްވިއެވެ.

ޢާންމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު އެކްސްޕޯޓް ކުރާނެ ތަކެތި:

  • ބިސް
  •  އަލުވި
  •  ފިޔާ
  •  ހަނޑޫ
  •  ފުށް
  • ހަކުރު
  • މުގު
  • ހިލައާއި ހިލަވެލި

މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ، އެ ޤައުމުން އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ޤައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާނެފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށެވެ. ހަމަ އެހެންމެ، ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ޚާއްޞަ ކޯޓާއެއްގެ ދަށުން އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450