Ads by PNC

ޚަބަރު

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 10:32

02 އޭޕްރީލު 2026، 10:32

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެވުނު މަޝްރޫޢުތައް:

  • ރަސްމާދޫ، ފ. ފީއަލީ، އަދި ތ. ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން.
  • ލ. އިސްދޫ، ލ. ކަލައިދޫ، އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން.
  • ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ، އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން.
  • ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުން.

މި ރަށްތަކުގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމުގެ ސަބަބުން، ހަށިގަނޑަށް އެތެރެކުރުމަށް އެކަށޭނަ ބޯފެނާއި، ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް އެ ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެއެވެ. ހަމަ އެހެންމެ، ވާރޭފެން ރައްކާކުރާ ތާންގިތަކާއި، ރިވަރސް އޮސްމޯސިސް (އާރް.އޯ.) ޕްލާންޓްތަކާއި، ސޯލަރ ހަކަތަ ބޭނުންކުރާ އިދާރީ ޢިމާރާތަކާއި، ލެބޯރޓަރީއަކާއި، ސިވެރެޖް ޕަމްޕް ސްޓޭޝަން ތަކާއި، ގޭގޭގައި ހަރުކުރެވިފައިވާ ފެން މީޓަރުތަކާއި، ފެނާއި ނަރުދަމާގެ ހޮޅިތަކުގެ ނިޡާމާއި، ނަރުދަމާ ހޮޅިތަށް ކަނޑަށް ބޭރުކުރުމެ ނިޡާމު ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެންވެއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450