Ads by PNC

ޚަބަރު

ނިމިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާގެ ޢަދަދު 1.9 މިލިއަނަށް!

ނިމިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާގެ ޢަދަދު 1.9 މިލިއަނަށް!

މަސްވެރިކަން ކުރާ ދޯންޏެއް/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޭޕްރީލު 2026، 11:22

02 އޭޕްރީލު 2026، 11:22

ނިމިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާގެ ޢަދަދު 1.9 މިލިއަނަށް އަރާކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިިފ އެވެ.  

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކުންފުނިން ކިރުވި މަހަށް މިއަދު ވަނީ ފައިސާ ދައްކާފައެވެ. އެގޮތުން، އެ ދޯނިތަކަށް މިފްކޯ އިން ވަނީ 1،902،480 ރުފިޔާ ދޫކޮށްފަ އެވެ. 

އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އެ ކުންފުންޏަށް ކަޅުބިލަމަސް ކިރުވި 30 ދޯންޏަކަށް 1،876،730 ރުފިޔާ ވަނީ ދޫކޮށްފައެވެ. ހަމަ އެހެންމެ، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 4 ދޯންޔަކަށް8400 ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޔަކަށް އެ ކުންފުނިން ވަނީ 17،350 ރުފިޔާ ދޫކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮށް، މަސްވެރިން ކިރުވާ މަހަށް މިހާރު 48 ގަޑިއިރުގެ ތެރޭގައި އަންނަނީ ފައިސާ ދޫކުރަމުންނެވެ. މިކަމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަމަށް މިފްކޯ އިން މަޢޫލޫމާތު ދެއްވައެވެ. މީގެ އިތުރުން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުގެ ސަބަބުން ދޯނިތަކުން ފޭބި ޒުވާން މަސްވެރިން އަނބުރާ ދޯނިތަކަށް އަންނަން ފަށާފައިވާ ކަމަށެވެ.  
 
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450