Ads by PNC

ޚަބަރު

އެމްއޭސީއެލްގެ މެރިޓް އެވޯޑު މި އަހަރު ވެސް ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް ދީފި

އެމްއޭސީއެލްގެ މެރިޓް އެވޯޑު މި އަހަރު ވެސް ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް ދީފި

އެމްއޭސީއެލްގެ މެރިޓް އެވޯޑު ދަރިވަރުންނަށް ހަވާލުކުރުން / ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޭޕްރީލު 2026، 08:10

02 އޭޕްރީލު 2026، 08:10

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު މި އަހަރު ވެސް ސެންޓަރ ފޮރ ހަޔަރ އެޑިކޭޝަން، ސީއެޗްއެސްސީގެ 4 ދަރިވަރަކަށް ދީފިއެވެ.

މިއީ އެމްއޭސީލއެލްގެ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ދެމުން އަންނަ މެރިޓް އެވޯޑު ޖެހިޖެހިގެން ދިން ތިންވަނަ އަހަރެވެ. އ

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި އެވޯޑަކީ ދަރިވަރުން ކިޔެވުމަށް ހިތްވަރުދީ ޤައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަޤުސަދުގައި ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދެނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށެއެވެ. މި ދަރިވަރުން ހޮވަނީ ސީއެޗްއެސްއީއިންކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.

މި އެވޯޑު ލިބުނު ދަރިވަރުން އިޢުލާން ކުރުމަށް ސީއެޗްއެސްއީގައި ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. އެ އެސެމްބްލީގައި މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލީ ހުޒެއިމްއެވެ.

މި އަހަރު މެރިޓު އެވޯޑު ލިބުނު ފިރިހެން ދަރިވަރުންނަކީ އަޒުވަދު ޒާހިދު ހަމީދު އަދި އިޒާން އަލީއެވެ. މި އެވޯޑު ލިބުނު އަންހެން ދެ ދަރިވަރުންނަކީ ޙަމްދާ އަހްމަދު ޝިޙާމް އާއި އާއިޝަތު ނައުރީން ހަމްދީއެވެ.

މި ދަރިވަރުންނަށް އެ ކުންފުނީގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހުގެ މުއްދަތައް ޑޭޓާ ޕެކޭޖަކާއި އެއް އަހަރު ދުވަހުގެ މުއްދަތައް ކޮންމެ މަހަކު ފައިސާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދަނީ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް ފައިސާގެ އިނާމުވެސް ދެމުންނެއެވެ. އަދި އެ ކުންފުނީގެ އިޖްތިމާއި ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސުކޫލްތަކަށް ވަސީލައްތަކާއި އެހެނިހެން އެހީތެރިކަންވެސް ދަނީ ފޯރުކޮށްދެމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450