Ads by Farudhun

ޚަބަރު

ފަސްޓް ލޭޑީ ސާޖިދާ ވޯޓު ލައްވައިފި

ފަސްޓް ލޭޑީ ސާޖިދާ ވޯޓު ލައްވައިފި

މެޑަމް ސާޖިދާ މިއަދު ކުރިއަށްދާ އިނތިޚާބުތަކުގައި ވޯޓު ދެއްވުން. ފޮޓޯ: ދަޕްރެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 11:03

04 އޭޕްރީލު 2026، 11:03

ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވޯޓުލައްވައިފިއެވެ.

އެކަމަނާ ވޯޓު ލެއްވީ އެކަމަނާ ނިސްބަތްވާ ދާއިރާ މައްޗަންގޯޅި އުތުރުދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައިވަނީ އަމީނިއްޔާ ސުކޫލުގައެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.

މިއަދު ކުރިއަށްދާ  އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ.

 މިއިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓުލުން ހެނދުނު 8:00ގައި ފެށިގެން ދިޔައިރު ވޯޓުލުން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450