ޚަބަރު
ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ޚަބަރު ހުސްވެ، ފަރުވާދެނީ
ނޯތު ހާބަރު ސަރަހައްދު
މާލޭގެ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ފަސް މީހަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައި ވަނިކޮށް ފެނިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 06:35 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ޚަބަރު ހުސްވެފައި ވަނިކޮށް ފެނިފައިވަނީ ޖުމްލަ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ފަސް މީހުންނަކީ ވެސް ފިރިހެނުންނެވެ. މި އެންމެންނަށް ވެސް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މީހުން ޚަބަރު ހުސްވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.