Ads by Farudhun

ޚަބަރު

އައްޑޫ ސިޓީ ކައިރިއަށް ބިންހެލުމެއް އައިއްސި

އައްޑޫ ސިޓީ ކައިރިއަށް ބިންހެލުމެއް އައިއްސި

އައްޑޫ ސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 11:34

04 އޭޕްރީލު 2026، 11:34

އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް ސަރަހައްދަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 9:55 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 5.3 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. މިއީ މެދު މިންވަރެއްގެ ބާރުމިނެއް ހުރި ބިންހެލުމެކެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެދާނެ ނުރައްކަލަކާ ބެހޭގޮތުން މެޓް އޮފީހުން ވިދާޅުވީ، "މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ" ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް އޮތް ކަމަކަށް އެ އިދާރާއިން ލަފައެއް ނުކުރައްވައެވެ.

އިންޑިއާ ކަނޑުގެ މި ސަރަހައްދަކީ އާންމުކޮށްވެސް ބިންހެލުންތައް އަންނަ ސަރަހައްދަކަށް ވާއިރު، މީގެ ކުރިންވެސް ރާއްޖެއާ ކައިރި ސަރަހައްދުތަކަށް އެކި ފަހަރުމަތިން ބިންހެލުންތައް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450