Ads by Farudhun

ޚަބަރު

މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ހޫނުގަދަ، ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ހޫނުގަދަ، ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގުމަތި. ފޮޓޯ: ޕީއެސްްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 11:47

04 އޭޕްރީލު 2026، 11:47

މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް އިހުސާސް ކުރެވޭ ހޫނުމިން ވަރަށް މަތިވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޫނުމިން ހުރީ އާންމު މިންގަނޑަށްވުރެ މަތީގައެވެ.

އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވާއިރު، މި ދުވަސްވަރު އާންމުކޮށް ވިލާ މަދުވެފައި ވައި މަޑުވެއެވެ. މީގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، ދުވާލުގެ ހޫނުމިން މަތިވެގެންދާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާ މިންވަރުގެ ފަރަގު ކުޑަވެގެންދާނެއެވެ. މީގެ ސަބަބުން އާންމު ވައިގެ ހޫނުމިނަށްވުރެ އިންސާނުންގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.

މިއަދު ހެނދުނު 11:00 ގައި މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ހޫނުގަދަކޮށް ރިކޯޑު ކުރެވިފައިވަނީ ހުޅުލެ ސަރަހައްދަށެވެ. ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.3 ޑިގްރީ ސެލްސިއަސްގައެވެ.

އެހެން ސަރަހައްދުތަކަށް ބަލާއިރު، ހަނިމާދޫ އަދި ކައްދޫ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.4 ޑިގްރީ ސެލްސިއަސްގައެވެ. ކާޑެއްދޫ ސަރަހައްދުގައި 35.9 ޑިގްރީ ސެލްސިއަސް ހުރިއިރު، އައްޑޫ ސިޓީ ގަމު ސަރަހައްދުގައި ހޫނުމިން ހުރީ 35.6 ޑިގްރީ ސެލްސިއަސްގައެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިން އިންތިހާބެއްގެ ވޯޓުލުން ކުރިއަށްދާއިރު، ބޭރުގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މެޓް އޮފީހުން ދަނީ ކޮންމެ ދުވަހަކު ހެނދުނު 11:00، މެންދުރު 14:00 އަދި ހަވީރު 17:00 ގައި ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިން ހުރިގޮތް ހިއްސާކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450