Ads by PNC

ޚަބަރު

މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 62،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 62،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

ނައިބު ރައީސް ހުސެއިން ވޯޓު ލެއްވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 02:23

04 އޭޕްރީލު 2026، 02:23

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، މިއަދު މެންދުރު 12:00 އާ ހަމައަށް 62،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެންދުރު 12 ޖެހުމާ ހަމައަށް ޖުމްލަ 62,083 މީހަކު ވަނީ ވޯޓުލާފައެވެ.

މީގެ ތެރޭގައި ހިމެނެނީ 28,838 އަންހެނުންނާއި 33,245 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 21.05 އިންސައްތަ އެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިފައިވާއިރު، މިހާތަނަށް ވޯޓު ނުލާ ތިބީ 232,793 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 78.95 އިންސައްތަ މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދޭތެރެ ދޭތެރެއިން ހިއްސާ ކުރަމުންނެވެ. ވޯޓުލުން މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450