Ads by PNC

ޚަބަރު

ފޭސް 2ގެ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ

ފޭސް 2ގެ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ

ފޭސް2ގެ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުން. ފޮޓޯ: އެމްވީ ކްރައިސިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 06:12

04 އޭޕްރީލު 2026، 06:12

ހުޅުމާލެ ފޭސް 2 ގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށާއި، އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. އަލިފާން އެއްކޮށް ނިއްވާލުމަށްފަހު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާނެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450