Ads by PNC

ޚަބަރު

ގއ. އޭއީސީގައި ހިނގި އަލިފާނުގެ ހާދިސާ: ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ފޮނުވައިފި

ގއ. އޭއީސީގައި ހިނގި އަލިފާނުގެ ހާދިސާ: ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ފޮނުވައިފި

ގއ.އޭއީސީއަށް ތަކެތި ފޮނުވުން--

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 09:47

04 އޭޕްރީލު 2026، 09:47

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒު (ގއ. އޭއީސީ) ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ސާމާނުތައް ތައުލީމީ ވުޒާރާއިން އެ ރަށަށް ފޮނުވައިފިއެވެ.

ގއ. އޭއީސީން ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ކިޔަވައިދިނުމަށް ބުރޫއެރިޔަނުދިނުމަށްޓަކައި ތައުލީމީ ވުޒާރާއިން ވަނީ 36 ގަޑިއިރުގެ ތެރޭގައި ބޭނުންވާ ތަކެތި ހަމަޖައްސައިދީފައެވެ. އެއާ ކާގޯ މެދުވެރިކޮށް ވިލިނގިއްޔަށް ފޮނުވި ތަކެތީގެ ތެރޭގައި 10 ކޮމްޕިއުޓަރު ސިސްޓަމާއި، ތިން ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި މި ނުރައްކާތެރި ހާދިސާގައި އެ ސްކޫލުގެ އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ކަމާގުޅޭ އިދާރާތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ބައިގަޑިއެއްހާއިރުގެ ތެރޭގައެވެ.

ސްކޫލުން ބުނި ގޮތުގައި، އަންނަ އަންގާރަ ދުވަހުން ފެށިގެން ސްކޫލުގެ ކިޔެވުން އާންމު ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ތައުލީމީ ވުޒާރާއިން ވަނީ ދީފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސްކޫލުގެ އޭސީއެއްގައި ރޯވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450