Ads by Farudhun

ޚަބަރު

ބަންދު ނުކުރެވޭ 4 ފޮށި އަދިވެސް އެބައުޅޭ: އީސީ

ބަންދު ނުކުރެވޭ 4 ފޮށި އަދިވެސް އެބައުޅޭ: އީސީ

ވޯޓު ގުނުން ކުރިއަށްދަނީ. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 09:50

04 އޭޕްރީލު 2026، 09:50

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި ވޯޓުލުން ނިމި ގިނަ ފޮށިތަކެއް ބަންދުކޮށްފައިވީ ނަމަވެސް، އަދިވެސް 4 ފޮއްޓެއް ބަންދުނުކުރެވިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގައި ބެހެއްޓި 240 ފޮއްޓާއި، އަތޮޅުތަކުގައި ބެހެއްޓި 322 ފޮއްޓެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިރޭ 20:45 އާ ހަމައަށް 584 ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި އޭގެ ތެރެއިން 490 ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ނަމަވެސް، ބާކީ ހުރި 4 ފޮށީގެ ވޯޓުލުން އަދިވެސް ނުނިމޭތީ އެ ފޮށިތައް ބަންދުނުކުރެވިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ހަމަވީ ހަވީރު 5:00 ގައެވެ. މި އިންތިޚާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450