ކުޅިވަރު

އިނގިރޭސި އެފްއޭ ކަޕް: އާސެނަލް އާއި ލިވަޕޫލް ކުއާޓާއިން ކަޓައިފި

އިނގިރޭސި އެފްއޭ ކަޕް: އާސެނަލް އާއި ލިވަޕޫލް ކުއާޓާއިން ކަޓައިފި

ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން---

farudhun logo

ފަރުދުން

05 އޭޕްރީލު 2026، 04:46

05 އޭޕްރީލު 2026، 04:46

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން އާސެނަލް އާއި ލިވަޕޫލް ކަޓައިފިއެވެ.

އިނގިރޭސި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެފްއޭ ކަޕުގެ ސެމީގައި ކުރިމަތިލާން ޖެހުނީ ބޮޑު ލަދުވެތިކަމަކާއެވެ. އެ ޓީމު ކެޓީ މެންޗެސްޓަރ ސިޓީއާ ބައްދަލުކޮށް 4-0އިން ބަލިވުމުންނެވެ. 

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އެ ހާފު ނިމުނީ ހާލަންޑުގެ ދެ ގޯލުން މެންޗެސްޓަރ ސިޓީ ކުރީގައި އޮވެގެންނެވެ. އެއީ ހާފު ނިމެން 6 މިނެޓަށްވެފައި ވަނިކޮށް ހާލަންޑު ކާމިޔާބުކުރި ޕެނަލްޓީއަކުންނާއި، އެ ހާފުގެ އިތުރު ވަގުތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލުންނެވެ.

އެ ޓިމުން ލީޑު އިތުރަށް ފުޅާކުރީ ދެވަނަ ހާފު ފަށައިގެން އެންޓޮއިން ސެމެންޔޯ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ 7 މިނެޓު ފަހުން ހާލަންޑު ވަނީ އިތުރު ގޯލަކާއެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. 

މި މެޗުގައި ލިވަޕޫލްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 64ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެވެ. ނަމަވެސް އެ ޓީމުގެ މިސްރުގެ ތަރި މުޙައްމަދު ސަލާޙް ފޮނުވާލި ޕެނަލްޓީ ވަނީ މެންޗެސްޓަރ ސިޓީގެ ޖޭމްސް ޓްރެފޯޑް ދިފާއުކޮށްފައެވެ.

މޮޅުވި ގޯލު ކާމިޔާބުކުރުމަށްފަހު ސައުތެމްޕްޓަނުން އުފާފާޅުކުރަނީ---

މި ސީޒަންގައި ލީގު ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލް ބަލިވީ ސައުތެމްޕްޓަން އާ ބައްދަލުކޮށް 2-1އިންނެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފުގައި ރޮސް ސްޓެވާޓްއެވެ. 

އަދި ދެވަނަ ހާފުގައި އާސެނަލްގެ ވިކްޓަރ ޔޮކެރޭޒް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް ސައުތެމްޕްޓަން މޮޅުވީ މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށް ޝިއާ ޗާލްސް ކާމިޔާބުކުރި ގޯލުންނެވެ.

މި ނަތީޖާއާއެކު، އާސެނަލްއަށް މިވަނީ ލީގުގެ ދެތަށި ގެއްލިފައެވެ. އެއީ ލީގު ކަޕާއި އެފްއޭ ކަޕްއެވެ. 

އެފްއޭކަޕް ސެމީ ފައިނަލުން މެންޗެސްޓަރ ސިޓީ އާއި ސައުތެމްޕްޓަންގެ އިތުރުން ދެން ޖާގަ ލިބިފައި ވަނީ ޗެލްސީއަށެވެ. ސެމީ ފައިނަލުން ޗެލްސީ ހޯދީ ކުއާޓާގައި ޕޯޓް ވޭލް 7-0އިން ބަލިކޮށްގެންނެވެ. 

ކުއާޓާ ފައިނަލްގެ  ފަހު މެޗު ކުޅޭނީ މިރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެސްޓް ހޭމް އާއި ލީޑްސް ޔުނައިޓެޑެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450