Ads by Farudhun

ޚަބަރު

މާމިގިލި ކައުންސިލްގެ މެޖޯރިޓީ ޖުމްހޫރީ ޕާޓީއަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެ

މާމިގިލި ކައުންސިލްގެ މެޖޯރިޓީ ޖުމްހޫރީ ޕާޓީއަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެ

މާމިގިލި---

farudhun logo

ފަރުދުން

06 އޭޕްރީލު 2026، 07:20

06 އޭޕްރީލު 2026، 07:20

އދ. މާމިގިލި ކައުންސިލްގެ މެޖޯރިޓީ ޖުމްހޫރީ ޕާޓީއަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެއެވެ.

މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ނިސްބަތްވެވަޑައިގެންނަވާ ދާއިރާކަމުން، އެ ކައުންސިލުގެ މެޖޯރިޓީއަކީ މީގެ ކުރިން މުޅިން ވެސް ހޯދަމުން އައީ އެ ޕާޓީއިންނެވެ. ނަމަވެސް މި މަހުގެ 4 ވަނަ ދުވަހު އޮތް ރަށު ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެ ޕާޓީއަށް މާމިގިލިން ކާމިޔާބުކުރެވުނީ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި ކައުންސިލް މެންބަރުންގެ 4 ގޮނޑީގެ ތެރެއިން 1 ގޮނޑިއެވެ. 

ކައުންސިލްގެ ރައީސްގެ ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް، ކުޑަ ތަފާތަކުންނެވެ. އެގޮތުން އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް 459 ވޯޓު ލިބުނުއިރު ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓަށް ލިބުނީ 432 ވޯޓެވެ.

އަދި ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ގެއްލިފައެވެ. އެ ދެ ގޮނޑި ލިބުނީ ކޮންގްރެސް ޕާޓީ އަށާއި އެމްޑީޕީއަށެވެ. އަދި އަނެއް ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނުއިރު އަނެއް ގޮނޑި ލިބުނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓަށެވެ. އެހެންކަމުން ކައުންސިލް މެންބަރުންގެ ދެ ގޮނޑި ކޮންގްރެސް ޕާޓީއިން ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީ އަށާއި އެމްޑީޕީއަށް ލިބުނީ އެއް ގޮނޑިއެވެ.

މީގެ އިތުރުން މާމިގިލީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑި ކާމިޔާބުކުރެއްވީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓެވެ. އަދި އެ ކޮމެޓީގެ މެންބަރުންގެ ތެރެއިން 2 ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނުއިރު އަނެއް ދެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީއިންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450