ކުޅިވަރު

އިޓަލީގެ އެފްއޭގެ ރައީސަކަށް މަލްޑިނީ ގެނައުމުގެ ޝައުގުވެރިކަން ކުޅިވަރާ ބެހޭ ވަޒީރު ފާޅުކޮށްފި

އިޓަލީގެ އެފްއޭގެ ރައީސަކަށް މަލްޑިނީ ގެނައުމުގެ ޝައުގުވެރިކަން ކުޅިވަރާ ބެހޭ ވަޒީރު ފާޅުކޮށްފި

ޕައުލީ މަލްޑީނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2026، 09:40

06 އޭޕްރީލު 2026، 09:40

އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް ޕައުލޯ މަލްޑިނީ ގެނައުމުގެ ޝައުގުވެރިކަން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، އަންދްރެއާ އަބޯޑީ ފާޅުކޮށްފިއެވެ.

އިޓަލީގެ އެފްއޭގެ ރައީސްގެ މަޤާމު ހުސްވީ، މި އަހަރު އޮންނަ ވޯލްޑް ކަޕަށް ވެސް އެ ޤައުމު ކޮލިފައިނުވުމާ ގުޅިގެންނެވެ. މިއީ ޖެހިޖެހިގެން ވޯލްޑްކަޕަށް އިޓަލީ ކޮލިފައި ނުވާ ތިންވަނަ ފަހަރެވެ.

އެހެންކަމުން، ހުސްވެފައިވާ އެފްއޭގެ ރައީސްގެ މަޤާމަށް އައު ރައީސަކު ހޯދުމަށް ބާއްވާ އިންތިޚާބު ތާވަލުކޮށްފައިވަނީ މި އަންނަ ޖޫން މަހުގެ 22ވަނަ ދުވަހަށެވެ.

ކުޅިވަރާ ބެހޭ ވަޒީރުގެ މި ޝައުގުވެރިކަމާ ގުޅިގެން މިހާތަނަށް މަލްޑިނީގެ ބަހެއް ލިބިފައެއް ނުވެއެވެ. 

އިޓަލީގެ ޤައުމީ ޓީމާއި އޭސީ މިލާންގެ ކެޕްޓަނެއްގެ މަޤާމުގައި ގިނަ މެޗުތަކެއް ކުޅުނު މަލްޑިނީ ވަނީ ކުރިން އޭސީ މިލާނުގައި 2018 އިން 2023 އަށް މަސައްކަތް ކޮށްފައެވެ. އެ ކުލަބުން އޭނާއަށް ފުރުސަތު ގެއްލުނީ އަލަށް ޓީމު ހިންގުމާ ހަވާލުވި ފަރާތްތަކުން އޭނާ ވަޒީފާއިން ވަކިކުރުމުންނެވެ.

އިޓަލީގެ އެފްއޭގެ ރައީސްގެ މަޤާމަށް އިޓަލީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލެސެންދްރޯ ޑެލްޕިއަރޯ އާއި ޑެމެޓްރިއޯ އަލްބަޓީނީ ކުރިމަތިލާނެކަމުގެ އަޑުތަކެއް ވެސް މީޑިއާގައި ފެތުރިފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450