Ads by Farudhun

ޚަބަރު

ތިނަދޫ ސިޓީގެ 50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ތިނަދޫ ސިޓީގެ  50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ތިނަދޫ ސިޓީގެ 50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފޮޓޯ: އެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2026، 10:30

06 އޭޕްރީލު 2026، 10:30

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ސިޔާސަތެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ތަރައްޤީގެ މިންގަނޑުން ބަލާއިރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެންމެ ގިނަ ފްލެޓްތަކާއި ހައުސިންގ ޔުނިޓުތައް އެޅުމަށް ކަނޑައަޅާފައިވާ އެއް ސަރަޙައްދަކީ ހުވަދު އަތޮޅެވެ. މި އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި އިޤްތިޞާދީ މަރުކަޒު ކަމުގައިވާ ތިނަދޫ ސިޓީގައިވެސް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތްއިރު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ވަނީ އެ ސިޓީގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރާ މި 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމުމުން، އެ ރަށުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫޢުގެ އިތުރުން، 2022 ވަނަ އަހަރު ތިނަދޫގައި ފެށި 200 ރޯހައުސްގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ތިން ކޮޓަރީގެ މި ރޯހައުސްތަކަކީވެސް ތިނަދޫގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މުހިންމު ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިފަދަ މަޝްރޫޢުތަކާއެކު، ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ އަހަރުތަކެއް ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. އެގޮތުން ހުވަދު އަތޮޅަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، ތިނަދޫ ސިޓީއަކީ ބޯހިޔާވަހިކަމުގެ ނަމޫނާ ސިޓީއަކަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450