Ads by Farudhun

ޚަބަރު

ގއ ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް: އިދިކޮޅު އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

ގއ ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް: އިދިކޮޅު އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

ގއ ވިލިގިލަ ފޮޓޯ: މޯލްޑިވްސް ވަރޗުއަލް ޓުއަރ

farudhun logo

ފަރުދުން

06 އޭޕްރީލު 2026، 12:57

06 އޭޕްރީލު 2026، 12:57

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ގއ. ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ވިލިނގިލި ކައުންސިލްގެ 5 ގޮނޑިއާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ނަތީޖާއާއެކު، އިދިކޮޅު އެމްޑީޕީއަށް ވިލިނގިލިން އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ވިލިނގިލި ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ވިޝާލް މުހައްމަދެވެ. ކައުންސިލް މެންބަރުންގެ ގޮތުގައި އިންތިޚާބުވީ މުހައްމަދު އަބްދުލްއަހަދު އަދި އަޝްރަގު ގާދިރެވެ. ކައުންސިލްގެ އަންހެން މެންބަރުންގެ ގޮނޑިތައް ކާމިޔާބު ކުރެއްވީ އަޒީމާ ހަސަނާއި ސުއޫދާ ނާސިރެވެ.

މީގެ އިތުރުން، ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް އިންތިޚާބުވީ އައިޝަތު ސާޖިދާއެވެ. އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ޝަހުޒާ އަބްދުލްއަޒީޒް، ޝަޒްލީނާ މާހިރު، ޖީޒާ އަބްދުﷲ އަދި ސިރިޔާޒާ އިބްރާހިމެވެ.

މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، ޕީއެންސީން ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450