Ads by Farudhun

ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކަނޑު ގަދަ ދުވަހެއް/ފޮޓޯ: ސީއެންއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޭޕްރީލު 2026، 01:20

06 އޭޕްރީލު 2026، 01:20

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ހަފުތާތެރޭ ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މީގެކުރިން ލަފާކޮށްފައިވާއިރު، މިއީ ދެމިގެންދާނެ ވިއްސާރައެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މެޓުން ވިދާޅުވީ، މިކުރާ ވިއްސާރައަކީ މި ދުވަސްވަރު ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށެވެ. ނަމަވެސް، މި ވިއްސާރައަށް ފަހު އަނެއްކާވެސް ހޫނުގަދަވާއިރު، މި ހަފުތާގައި ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް މެޓުން ވިދާޅުވިއެވެ. އެގޮތުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

މިހިނގާ އެޕްރީލް މަހަކީ މިހާތަނަށް ރާއްޖެއަށް އަންނާނެ އެންމެ ހޫނުގަދަ ދުވަސްވަރުގެ ގޮތުގައި ރެކޯޑްވެގެންދާނެ ދުވަސްވަރުކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450