Ads by Farudhun

ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މީގެކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް/ފޮޓޯ: ކަސްޓަމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޭޕްރީލު 2026، 01:37

06 އޭޕްރީލު 2026، 01:37

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ 01 އޭޕްރީލް 2026 ގައެވެ. އެގޮތުން، ރާއްޖެއިން ބޭރު ޤައުމަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ފަސިންޖަރެއްގެ އަތުން މި ތަކެތި ފާހަގަވެފައިވާއިރު، މިތަކެތި އިތުރަށް ވަނީ ތަހުލީލުކޮށްފައެވެ. އަދި މި ތަހުލީލުން ހާމަވާގޮތުގައި މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝިޝް އޮއިލް' އަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައާއި ގުޅިގެން ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، އެއަރޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2 ކިލޯގްރާމް (2174 ގްރާމް) ހުރި ކަމަށެވެ. ހަމަ އެއާއެކު، މި ތަކެތީގެ މަގުމަތީ އަގު 1.7 މިލިޔަން ދިވެހި ރުފިޔާއަށް ވުރެ އިތުރުކަމަށް ކަސްޓަމްސް ސާވިސްއިން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450