Ads by Farudhun

ޚަބަރު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖް ތަކެއް ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖް ތަކެއް ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 03:07

06 އޭޕްރީލު 2026، 03:07

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް މުދާ ހިފައިގެން އައި ބޯޓުފަހަރު ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މާލެ ބަނދަރަށް އައި ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަސްޓަމްސްއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރުމާއި އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މި ނިންމުމާ ގުޅިގެން ކަސްޓަމްސްއިން ދަނީ ރާއްޖެއަށް އެތެރެކުރާ މުދާތައް ވަރަށް ބޮޑަށް ފާސްކުރަމުންނެވެ. ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 70،000 އަށްވުރެ ގިނަ ވޭޕާއި އޭގެ ސާމާނު ހިފަހައްޓާފައެވެ.

މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހުއްޓުވުމަކީ ކަސްޓަމްސްގެ މުހިންމު އަމާޒެކެވެ. ދިވެހި މުޖުތަމައުއަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި ހޯދުމަށް ކަސްޓަމްސްއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450