Ads by Farudhun

ޚަބަރު

ބޭހުގެ ކަންކަން ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ބޭހުގެ ކަންކަން ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ބޭސް ފިހާރައެއް/ފޮޓޯ: އައްޑޫ ލައިވް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޭޕްރީލު 2026، 06:59

06 އޭޕްރީލު 2026، 06:59

ބޭހުގެ ކަންކަން ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކޮށް ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ޝާހް ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، ރާއްޖެއަށް ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖެއިން ލިބެންހުރި ބޭހުގެ މަޢުލޫމާތުތައް އެނގޭނެ ޑިޖިޓަލް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބޭހުގެ މަޢުލޫމާތުތައް އެނގޭނެ ސިސްޓަމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޝާހް ވިދާޅުވިއެވެ. އަދި ފަދަ ސިސްޓަމެއް ޤާއިމުކުރުމުން  ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް މިހާރު ތަޢާރަފްކޮށްފައިވާއިރު، މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު 7 ދުވަހު 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

މި ކުންފުންޏަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން އުފައްދަވާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450