ކުޅިވަރު

ތަޖުރިބާ ޚިއްޞާ ކުރުމުގެ ދަތުރެއްގައި ހޭންޑްބޯލްއިން އޭޝިއާގެ ފުންނާނު އުސް މާނާ ރާއްޖެއަށް

ތަޖުރިބާ ޚިއްޞާ ކުރުމުގެ ދަތުރެއްގައި ހޭންޑްބޯލްއިން އޭޝިއާގެ ފުންނާނު އުސް މާނާ ރާއްޖެއަށް

މާނާއަށް އެއަރޕޯޓުން މަރުހަބާ ކިޔުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

06 އޭޕްރީލު 2026، 08:10

06 އޭޕްރީލު 2026، 08:10

ތަޖުރިބާ ޚިއްޞާ ކުރުމުގެ ދަތުރެއްގައި ހޭންޑްބޯލްއިން އޭޝިއާގެ ފުންނާނު އުސް މާނާ އަގާރިއެ ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ.

ޖަޕާނަށް ނިސްބަތްވާ މާނާގެ މި ދަތުރުގައި ރާއްޖޭގެ ޤައުމީ ހޭންޑްބޯލް ޓީމަށް ޓްރޭނިންގ ޝެސަނެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަން އޮންނާނީ އަންގާރަދުވަހު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ 6 ނަމްބަރު ޓާފް ދަނޑުގައެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މާނާ ބުނީ އޭނާގެ 20 އަހަރު ދުވަހުގެ ހޭންޑްބޯޅައިގެ ތަޖުރިބާ ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިންނާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި ސަރަޙައްދީ ގޮތުން ރާއްޖެ މި ކުޅިވަރުގައި ކުރިއަރައި ދިޔުމަށް އެހީތެރިވެދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

މާނާ ވަނީ ކުޅުންތެރިއެއްގެ ގޮތުން ޖަޕަނީޒް ލީގުގައި ގިނަ ދުވަސްތަކެއްވަންދެން ކުޅެފައެވެ. އަދި ހަންގޭރީގައި ވެސް އެންމެ މަތީ ފަންތީގައި އޭނާ ވަނީ ކުޅެފައެވެ. ނަމަވެސް އޭނާ މިހާރު މަސައްކަތް ކުރަނީ ކުޅުންތެރިންނާއި، ކޯޗުން ތަމްރީނުކުރުމުގައި ޓެކްނިކަލްގޮތުންނެވެ.

"ދުނިޔޭގެ ލެވެލް އަށް ބަލާއިރު އޭޝިއާގެ ފެންވަރެއް އަދި އެހާ މައްޗެއް ނޫން. އެކަމަކު މުސްތަގުބަލުގައި އޭޝިއާ ހޭންޑްބޯޅައިގެ ލީޑިން ގައުމުތަކަށް ބަލާއިރު ޖަޕާނާއި ކޮރެއާ ކަހަލަ ގައުމުތައް ޓޮޕް ލެވެލަށް ދާނެ، އަދި ރާއްޖޭގެ ހޭންޑްބޯޅަވެސް މި އަންނަނީ ކުރިއަރަމުން. އެކަމަށް އަހަރެންވެސް ފުރަތަމަ މަސައްކަތްކޮށްދޭނީ" މާނާ ބުންޏެވެ.

މާނާ ރާއްޖެ ގެނައުމަށް ޖަޕާން އެމްބަސީގެ ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް ހޭންޑްބޯލްއިން ހާމަކުރެއެވެ. 

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މާނާގެ މި ދަތުރުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ކުރަން ހުރި ކަންކަމުގެ އިރުޝާދު ކުޅުންތެރިންނާއި ކޯޗުންނަށް ދޭނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450