ޚަބަރު
އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާ ދެއްވައިފި
އެމްޕީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި ރިޝްވާން---
ފަރުދުން
06 އޭޕްރީލު 2026، 10:51
06 އޭޕްރީލު 2026، 10:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ރިޝްވާން އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްޕީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް 06 އެޕްރީލް 2026ގައި ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން ރިޝްވާންގެ އިސްތިއުފާ ޤަބޫލުކޮށްފައިވާކަމަށް ޕީސީބީއިން ވަނީ ހާމަކޮށްފައެވެ.
ރިޝްވާން އެ މަޤާމަށް އައްޔަނުކުރެއްވީ 05 ފެބްރުއަރީ 2025ގައެވެ.
ރިޝްވާން ވަނީ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވައިފައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށެވެ.