Ads by Farudhun

ޚަބަރު

މާލޭ މާފަންނުގެ ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދީފި

މާލޭ މާފަންނުގެ ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދީފި

މާލެ ތެރެއިން/ފޮޓޯ: އަސުރު އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2026، 01:00

07 އޭޕްރީލު 2026، 01:00

މާލޭ މާފަންނުގެ ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ހެނދުނު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިފާޅުވީ، މާފަންނުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެ އިތުރުން، އޭގެ އިރުކޮޅެއްފަހުން ސްޓެލްކޯއިން ވިދާޅުވީ، މި މައްސަލަ ޙައްލުކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މިކަމުގެ ސަބަބުން ދިވާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450