ޚަބަރު
ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: އާރުޑީސީ
ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީން ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަށް 53،965،168.00 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 10 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ، ތާރު އަޅައިގެން ތަރައްޤީކުރާ 8 މަގާއި، ގައު އަތުރައިގެން ހަދާ 2 މަގުކަމަށް އާރުޑީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މަގުތައް ހަދާއިރު ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ޖެހުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ޖަންކްޝަންތަކާއި، ހޮޅިލައިންތައް ފަދަ ހުރިހާ ވަޞީލަތްތަކެއް ފުރިހަމަ ކުރެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. #TeamRDC pic.twitter.com/kg4jiesfl3
— Road Development Corporation Ltd (@rdcmaldives) April 1, 2026
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
ޖުމްލަ 3.8 ކިލޯ މީޓަރުގެ ދިގުމިނުގެ މި މަގުތަކުގެ މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެއްކަން ފާހަގަކޮށްލެވެއެވެ.