ޚަބަރު
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމުން ޝާހިދު ވަކިކޮށްފި
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމުގައި ހުންނެވި ޝާހިދު
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޝާހިދު މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ.
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް އިބްރާހީމް ޝާހިދު އައްޔަނުކޮށްފައިވަނީ 3 އޮގަސްޓް 2025 ގައެވެ. މީގެ ކުރިން އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ 6 މެންބަރުންގެ މައްޗަށެވެ. އަދި ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ޝާހިދު ހިމެނޭހެން 11 ބޭފުޅުން ތިއްބަވައެވެ.