ޚަބަރު
ބީއެމްއެލްއިން އިސްނަގައިގެން އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ޤާއިމުކޮށްފި
ސެންސަރީ ކްލާސް ޤާއިމްކުރުން/ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ޚާއްޞަ އެހީ ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދޭން ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ޤާއިމުކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަރ"ގެ ނަމުގައި މި ސެންސަރީ ކްލާސް ތަރައްޤީކޮށްފައިވަނީ، ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައިކަމަށް ބީއެމްއެލް އިން މަޢުލޫމާތުދެއެވެ.
މި ކްލާސް މަރާމާތުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދީފައިވާއިރު، ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ޚާއްޞަ ވަޞީލަތްތައް އެ ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. ހަމަ އެހެންމެ، މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްޤީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
Our support for SEN students continues with the development of a sensory classroom named “IWonder” at Aminiya School! 📚
— Bank of Maldives (@bankofmaldives) April 7, 2026
Through this project, we provided the required equipment to develop the classroom, including essential improvements to enhance the overall learning… pic.twitter.com/A6dSUafCol
މީގެ ތެރޭގައި އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ޞަލާޙުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސްތައް ހިމެނެއެވެ. ހަމަ އެއާއެކު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އަލަށް ތަރައްޤީކުރި މި ކްލާސްރޫމާއެކު ދަރިވަރުންނަށް އިތުރު އުންމީދެއް ލިބިގެންދާނެއެވެ.