Ads by Farudhun

ޚަބަރު

"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި ބާއްވަނީ

"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި ބާއްވަނީ

ޒުވާނުނަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2026، 03:41

08 އޭޕްރީލު 2026، 03:41

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުންނާއި ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެއްދުވަހަށް ދެމިގެންދާގޮތައް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 5:30އަށެވެ. ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ މެންދުރު ފަހު 14:00ގެ ކުރިން ކިޔު.އާރު. ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450