Ads by Farudhun

ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް ޒިޔާރަތްކުރެއްވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2026، 09:53

08 އޭޕްރީލު 2026، 09:53

ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ވާދަކުރުމުގެ ބައިގައި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ އުސޫލުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ބާއްވާ މައުރަޒެކެވެ. މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.

މި އަހަރުގެ މައުރަޒު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު 23 އިން ފެށިގެން އޮކްޓޯބަރު 31 ގެ ނިޔަލަށެވެ. މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިންގެ މައުރަޒަކީ މީގެ ކުރީގެ އަހަރުތަކާ ހިލާފަށް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވުމާއެކު، މި އަހަރުގެ މައުރަޒު ކުރިއަށްދާނީ ދިވެހިންގެ މަސައްކަތްތެރިކަމަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީ ފެންނާނެ ފަދަ ގޮތަކަށެވެ. މައުރަޒުގެ ތެރެއިން ދިވެހި އުފެއްދުންތެރިންގެ ހުނަރުވެރި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ލިބިގެންދާނެއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން އިންތިޒާމްކުރާ މި މައުރަޒަކީ ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަންކޮށްފައިވާ މައުރަޒެއް ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450