ޚަބަރު
ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާގެ މަޤާމު އިޔާދަކޮށްފި
ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ---
ފަރުދުން
08 އޭޕްރީލު 2026، 10:29
08 އޭޕްރީލު 2026، 10:29
ދިވެހިރާއްޖެއިން އެކުވެރި ދައުލަތްތަކަށް (އދ) ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދުގެ މަޤާމު އަލުން އިޔާދަކޮށްފިއެވެ. ޑރ. ސަލްމާގެ މަޤާމު އިޔާދަކޮށްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އެ ކަމަނާ މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ.
ޑރ. ސަލްމާ މަޤާމުން ވަކިކުރެއްވީ، އެ ބޭފުޅާއާ އާއިލީ ގޮތުން ގުޅުން އޮންނަ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވި މައްސަލައާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ޑރ. ސަލްމާގެ އިތުރުން މިދިޔަ ހޯމަ ދުވަހު ވަނީ ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު)ވެސް މަޤާމުން ވަކިކޮށްފައެވެ. މުންދުއަކީ މެމްބަރު އަސްމާގެ ދަރިކަލެކެވެ. ނަމަވެސް މުންދުގެ މަޤާމާއި ގުޅިގެން އިތުރު ބަދަލެއް ގެންނެވިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
މުންދު އާއި ސަލްމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު އިސް މަޤާމުތަކަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނެވެ.