Ads by Farudhun

ޚަބަރު

ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ފޯރަމް ނިންމާލައިފި

ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ފޯރަމް ނިންމާލައިފި

ފޯރަމްގެ ބައިވެރިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 03:55

09 އޭޕްރީލު 2026، 03:55

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ފޯރަމް ނިންމާލައިފި އެވެ.

މިއީ "ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް" (CANCC) ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ތިމާވެށްތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި ފޯރަމެކެވެ.

މި ފޯރަމް ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކާއި، ހަނަފަސް ދުވަސްވަރު ދިގުލައިދިއުމާއި، ފެން ފަށަލައަށް ލޮނުގެ އަސަރު ކުރުމަކީ މިހާރުވެސް ދިވެހި މުޖުތަމަޢުތަކުން ތަހައްމަލު ކުރަމުންދާ ޙަޤީގަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެނުގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް" (NDC 3.0) ގައި ފެނުގެ ދާއިރާ ހަރުދަނާކުރުމަށާއި، އާބަންކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމުތައް ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފޯރަމްގައި ރާއްޖޭގެ އިތުރުން ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް، އަދި ޓޯކެލާއުގެ މަންދޫބުން ބައިވެރިވެއެވެ. ހަމަ އެއާއެކު، ކަމާގުޅޭ ފަންނީ މާހިރުންނާއި، ތަރައްޤީގެ ބައިވެރިންނާއި، ދާއިރާގެ ރެގިއުލޭޓަރީ އިދާރާތަކުން ބައިވެރިވެ، ތަޖުރިބާ ހިއްސާކޮށްފައިވެއެވެ. މި ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ، ފެން އުފައްދާ ނިޒާމުތައް ހަރުދަނާކުރުމާއި، ބިންދަށުގެ ފެން ފަށަލަ ރައްކާތެރިކުރުމާއި، ވާރޭފެން ރައްކާކުރުން، އަދި ކުއްލި ހާލަތްތަކުގައި ފެން ފޯރުކޮށްދިނުމުގެ ތައްޔާރީތަކާ ބެހޭގޮތުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ފޯރަމަކީ ގްރީން ކްލައިމެޓް ފަންޑް ގެ އެހީގައި، ޖަރުމަނުގެ ޖީ.އައި.ޒެޑް އާ ގުޅިގެން ހިންގާ "ސްޓްރެންތަނިންގ ދަ ވޯޓާ ސެކްޓަރ" މަޝްރޫއުގެ ދަށުން ބޭއްވި ހަރަކާތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450