Ads by Farudhun

ޚަބަރު

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް 3 ކުންފުންޏަކާއެކު އެއްބަސްވުމެއް

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް 3 ކުންފުންޏަކާއެކު އެއްބަސްވުމެއް

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 05:18

09 އޭޕްރީލު 2026، 05:18

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" ކުރިއަށް ގެންދިއުމަށް 3 ކުންފުންޏަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފުލުހުންނާއެކު ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި، ޝީޝާ ޕްރައިވެޓް ލިމިޓެޑާއި، އަވަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. އަދި ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހުޝާމްއެވެ. މީގެ އިތުރުން، އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޔާނު ރަމީޒްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކެމްޕެއިންގެ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކެމްޕެއިންގެ ތެރެއިން މަގުމަތީގެ ޤަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ވީޑިއޯ ކްލިޕާއި، އެކްސިޑެންޓް ރޯލްޕްލޭތަކާއި، ޓީވީ ޕްރޮގްރާމާއި ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބިލް ބޯޑު ބަހައްޓައިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުވައިދޭނެކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން "ރައްކާ ކެމްޕެއިން" އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450