Ads by Farudhun

ޚަބަރު

ރާއްޖޭގެ ވެރިކަން ހޯދުމަށް މާލީ ވަޒީރު ޒަމީރު އުޅުއްވާކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ރާއްޖޭގެ ވެރިކަން ހޯދުމަށް މާލީ ވަޒީރު ޒަމީރު އުޅުއްވާކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

މާލީ ވަޒީރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 07:41

09 އޭޕްރީލު 2026، 07:41

ދިވެހިރާއްޖޭގެ ވެރިކަން ހޯދުމަށް އަދުގެ މާލީ ވަޒީރު މޫސާ ޒަމީރު އުޅުއްވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ދޮގުކޮށްފިއެވެ.

ރިޔާޒް މިކަން ދޮގުކޮށްފައިވަނީ، ވެރިކަމަށް އައުމަށް ވަޒީރު ޒަމީރު މަސައްކަތްތަކެއް ކުރާކަމަށް ބުނެ ސަރުކާރާއި ދެކޮޅު ޚަބަރުތައް ގެނެސްދޭ ނޫހަކުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ރިޔާޒް ބުނިގޮތުގައި، ސަރުކާރާ ގުޅޭގޮތުން އަސާސެއް ނެތް އެތައް ވާހަކަތަކެއް ފަތުރާ އެ ނޫހުން ވަޒީރު ޒަމީރުއާ ގުޅުވައިގެން ވެސް ޢާންމުކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރެކެވެ. ހަމަ އެހެންމެ، ވަޒީރު ޒަމީރަކީ ދުވަހަކު ވެސް ވެރިކަމަށް ޝައުގުވެރިވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ފިތުނަ އުފައްދަން ބަޔަކު ފަތުރާ ބުހުތާނު ދޮގު ވާހަތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ މިއަދު ވަޒީރު ކުރައްވާ މަސަކަތްޕުޅާ ހޯދާ ކާމިޔާބީ ފެނި ހަސަދަވެރިވާ ބަޔަކު ފަތުރާ ދޮގު ވާހަކައެއްކަމަށް އޭނާ ބުނެފައިވެއެވެ.

ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދަކީ، ވަޒީރު ޒަމީރުގެ ބޭބެއަކަށްވީއިރު، މި ދެ ބޭފުޅުންނަކީ ވިލުފުށީގެ އެންމެ ޚިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450