Ads by Farudhun

ޚަބަރު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޭޕްރީލު 2026، 01:58

11 އޭޕްރީލު 2026، 01:58

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 3 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަނީސުއްރަޙްމާން (23އ) އާއި، އެމް.ޑީ ރޯމާން މިއާ (38އ) އާއި، އެމް.ޑީ ކަމާލް މިއާ (42އ) އެވެ. މި ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ މިހިނގާ އެޕްރީލް މަހުގެ 7 ވަނަ ދުވަހު ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ރަށު މާރުކެޓް ސަރަޙައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 37 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް  15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450