Ads by Farudhun

ޚަބަރު

އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ބޭސް ފިހާރައެއް/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޭޕްރީލު 2026، 01:02

12 އޭޕްރީލު 2026، 01:02

އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާކަމަށް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އެމްއެމްޓީވީ އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަމަށެވެ.

ބަލިމީހާއަށް ބޭނުންވާ ބޭސް ފަސޭހަކާމާއެކު ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ކުންފުނިން ވަނީ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ތަޢާރަފްކޮށްފަ އެވެ. މި ހޮޓްލައިންގެ މައިގަނޑު މަޤްޞަދަކީ، މުހިންމު ބޭސްތައް ހޯދުމުގައި ޢާންމުންނަށް ބޭނުންވާ އަވަސްއެހީ ފޯރުކޮށްދިނުންކަމަށް ޑރ. ޝާހު ވިދާޅުވެފައިވާއިރު، ސްޓޭޓްފާމާ އިން ތަޢާރަފްކޮށްފައިވާ މި ދެ ޚިދުމަތުން ވެސް ރައްޔިތުންނަށް ބޭހާ ގުޅުންހުރި ގިނަ ކަންތައްތަކުގައި ލުއި ފަސޭހަތައް ލިބިގެންދާނެކަން ޝާހު ފާހަގަކުރެއްވި އެވެ.

މި ދެ ޚިދުމަތުގެ ބޭނުމަކީވެސް މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއި ފަސޭހަކާމާއެކު ޢާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ، ރާއްޖެއަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި، އެ މައްސަލައަކީ ވަގުތީ ހައްލެއް ބޭނުންވާ ކަމެއް ނޫންކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުންކަމަށާއި، އެ ކުންފުނިން ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ޝާހް ވަނީ ފާހަގަކުރައްވާފައެވެ.

މެޑިކަލް ސާމާނު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް' އަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކުންފުންޏެކެވެ. ހަމަ އެހެންމެ، މި ކުންފުންޏަކީ އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދަވައިފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450