Ads by Farudhun

ޚަބަރު

މިދިޔަ މަހު ރިކޯޑް ކުރެވުނު ޑެންގޫ ކޭސް ތަކުގެ ޢަދަދު އިތުރުވެއްޖެ

މިދިޔަ މަހު ރިކޯޑް ކުރެވުނު ޑެންގޫ ކޭސް ތަކުގެ ޢަދަދު އިތުރުވެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް.ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2026، 11:26

13 އޭޕްރީލު 2026، 11:26

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ޖެހިގެން މިދިޔަ މާރިޗު މަހު އެކަނިވެސް 535 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 428 މީހުންނެވެ. ނަމަވެސް މާރިޗު މަހު މި ޢަދަދު ވަނީ 535 އަށް އުފުލިފައެވެ. މިއާއެކު ޑެންގީން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

އަރިދަފުސް ރޯގާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރޯގާ ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. ފެބްރުއަރީ މަހު 25,010 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މާރިޗު މަހު މި ޢަދަދު ވަނީ 20,761 އަށް ދަށްވެފައެވެ.

އިންފްލުއެންޒާ ބަލީގައިވެސް ފެންނަނީ ދަށްވަމުންދާ މިސްރާބެކެވެ. އެގޮތުން ފެބްރުއަރީ މަހު އަށް މީހަކު އިންފްލުއެންޒާއަށް ފައްސިވެފައިވާއިރު، މާރިޗު މަހު ފައްސިވެފައިވަނީ ފަސް މީހުންނެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 1,030 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 112 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

މީގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައްވެސް ވަނީ ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ދަށްވެފައެވެ. ފެބްރުއަރީ މަހު 8,629 މީހަކު މި ބަލީގައި ޑޮކްޓަރަށް ދައްކާފައިވެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ މިހާތަނަށް މި ބަލީގައި ރިޕޯޓްކޮށްފައިވަނީ 44 މީހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450