Ads by Farudhun

ޚަބަރު

‏ހުޅުމާލޭ ފޭސް 1ގައި ހަދަން ފަށާފައި ހުރި ވޯޓަރ ޕާކް ތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

‏ހުޅުމާލޭ ފޭސް 1ގައި ހަދަން ފަށާފައި ހުރި ވޯޓަރ ޕާކް ތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2026، 10:22

14 އޭޕްރީލު 2026، 10:22

ހުޅުމާލޭގެ ފޭސް 1 ގައި ހަދަން ފަށާފައި ހުރި ވޯޓަރ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
 
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރު ކަމަށެވެ. މިގޮތުން، މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސްފައިވާ ކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ސަރަޙައްދުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 07:39 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. 


 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450