ޚަބަރު
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ފަހުމީ އައްޔަންކުރައްވައިފި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަށް އައްޔަންކުރެއްވި ޙުސެިން ފަހުމީ---
ފަރުދުން
14 އޭޕްރީލު 2026، 10:21
14 އޭޕްރީލު 2026، 10:21
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ޙުސެއިން ފަހުމީ އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އެމްޑަބްލިޔު އެސްސީގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، މ. ފަތަޙަ، ޙުސެއިން ފަހުމީ ވަނީ މިއަދުން ފެށިގެން އައްޔަނުކުރައްވާފައެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ހުންނެވީ ޢަބްދުލްމަތީން މުޙައްމަދުއެވެ. އެ މަޤާމު ހުސްވީ މިދިޔަ އާދީއްތަ ދުވަހު އެ ބޭފުޅާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްޑަބްލިއުއެސްސީއަށް އައްޔަންކުރެއްވި ފަހުމީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމު އަދާކުރެއްވުމުގެ ކުރިން ސްޓެލްކޯގެ އެމްޑީގެ މަޤާމުވެސް ވަނީ އަދާކުރައްވާފައެވެ.
ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 2023 ގައެވެ.