Ads by Farudhun

ޚަބަރު

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ސައިކަލެއް ހޯދި ބިދޭސީއަކު ހައްޔަރުކޮށްފި

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ސައިކަލެއް ހޯދި ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2026، 01:47

14 އޭޕްރީލު 2026، 01:47

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްގެން ބޮޑު އަގުގައި ސައިކަލެއް ހޯދާފައިވާ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލދޭޝް/ސޮލައިމާން އާމިރު (23އ)އެވެ. މަކަރާއި ހީލަތުގެ މި ވިޔާފާރީގެ މުއާމަލާތް އޭނާ ކޮށްފައިވަނީ ވައިބަރ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސާވިސް ސެންޓަރެއްގެ މުވައްޒަފުންނާއެކުކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ޞައްޙަ ނޫން ސްލިޕް އެ ސެންޓަރަށް ޓްރާންސްފަރކޮށްގެން 92،000 (ނުވަދިހަ ދެ ހާސް) ރުފިޔާގެ އޭ.ޑީ.ވީ 160 މޮޑެލްގެ ހޮންޑާ ސައިކަލެއް އެމީހާ ހޯދާފައިާ ކަމަށެވެ. އަދި މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2026 މާރިޗު 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450